ޅ. މުލީ ބޮއި ކައިރިން މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ސިއްހީ ފަރުވާ އަށް ނައިފަރަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ މުލީ ބޮއި ކައިރީގައި މަސްވެރިކަން ކަމުގައި އުޅުނު "ރުއްކުރި" ދޯނީގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ހެނދުނު 7:30 ގައި އެދުނު ކަމަށެވެ. އަދި މިހާރު އެމީހާ ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ.

އުމުރުން 35 އަހަރުގެ މި މަސްވެރިޔާ ފަރުވާ އަށް ނައިފަރަށް ގެންދެވުނީ 9:14 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަމުގައި އުޅޭ އިރު ލޮލަށް ބުޅި ހެރުން ފަހަކަށް އައިސް އާންމު ވެފައިވާއިރު ލޯ ފަދަ ނާޒުކު ގުނަވަންތައް ރައްކާތެރިކޮށްގެން މަސްވެރިކަމުގައި އުޅުމަށް ކަމާގުޅޭ މުއައްސަސާ ތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.