ކޮވިޑް ވައިރަސް އުފެދުނު ގޮތުގެ ހާއްސަ ރިޕޯޓު މިމަހު ތެރޭ ނެރެން ނިންމައިފިއެވެ.
ޑަބްލިއުއެޗްއޯ އިން ޗައިނާގައި ކުރިޔަށް ގެންދިޔަ ބައިނަލްއަގުވާމީ ތަހުގީގު ނިންމާފައިވާއިރު އެ ތަހުގީގުން ހާމަވި ކަންކަން އެކުލެވޭ އެރިޕޯޓު މިމަހުގެ 15 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާކަމަށް އެއޯގަނައިޒޭޝަނުން ވަނީ ބުނެފައެވެ.
އެރިޕޯޓުގައި ކޮވިޑް 19ގެ ބަލިމަޑުކަން ޗައިނާއިން ފެށިގެން އައިގޮތާ ގުޅޭ ގޮތުން ތަހުގީގުން ހާމަވެފައިވާ މައުލޫމާތު ހުންނާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ އެރިިޕޯޓުގެ ނެރުމަށް ފުރަތަމަ ނިންމާފައިވަނީ ދެ މަރުހަލާއަކަށް ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހުލާސާ ރިޕޯޓަކަށް ފަހު ފަހުން ފުރިހަމަ ރިޕޯޓު ނެރުމަށް ކުރިން ނިންމާފައިވާ ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. ނަމަވެސް މިފަހަރު ދެ ރިޕޯޓް އެއްކޮށް ނެރުމަށް ނިންމާފައިވާ ކަމަށް ވެސް ޓެޑްރޮސް ވަނީ ވިދާޅުވެފައެެވެ.
ދުނިޔެއިން ފުރަތަމަ ކޮވިޑް19 9ގެ ކޭހެއް ރިޕޯޓު ކޮށްފައިވަނީ ޗައިނާގެ ވުހާން އިން 2019 ވަނަ އަހަރުއެވެ. ޑަބްލިއުއެޗްއޯގެ ބައިނަލްއަގުވާމީ ތަހުގީގީ ޓީމުން ވަނީ ނިމިދިޔަ ޖެނުއަރީ މަހު ޗައިނާ އަށް ޒިޔާރަތްކޮށް ބޮޑު ތަހުގީގެއް ހިންގާފައެވެ.