އއ. މާޅޮހުގައި ގެއްލިގެން ހޯދަމުން ދިޔަ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާޅޮހުގައި ހާއްސަ އެހީއަށް ބޭނުންވާ 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހަވީރު 5:50 ހާއިރުއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ރ. ފައިނުގައިވެސް ވަނީ ކުއްޖަކު ގެނބިގެން މަރުވެފައެވެ.