ތައިލެންޑުގެ ޓުއަރިޒަމް ކުރިއެރުވުމަށް ރިސޯޓުތަކުގައި ކަރަންޓީނު ވެވޭގޮތް ހަދަން އެގައުމުގެ ޓުއަރިޒަމް މިނިސްޓަރު ސަރުކާރުގައި އެދިވަޑައިގެންފިއެވެ.
ތައިލެންޑުގެ ޓުއަރިޒަމް މިނިސްޓަރު ވަނީ އެގައުމުގެ ޓުއަރިޒަމް ހުއްޓި އިގުތިސޯދު ވޭތުވެދިޔަ 20 އަހަރުތެރޭ ނުދާހާ ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެ ގައުމުގެ ރިސޯޓުތަކުގައި ކަރަންޓީނު ވުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ނުވަތަ މޭމަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަރަންޓީނު ވެވޭ ގޮތަށް ހުޅުވާލާ ތަންތަނުގެ ތެރޭގައި ތައިލެންޑުގެ މަޝްހޫރު ޕްރޮވިންސްތަކުގެ ތެރޭގައި ހިމެނޭ ޕުކެޓާއި ކާރބީ އަދި ސުރަތު ތާނީ އާއި ޗޮންބުރީގެ އިތުރުން ޗިއަންގް މާއި ހިމެނެއެވެ. މި ނިންމުން ނިންމާފައިވަނީ އެގައުމުގެ ޓުއަރިޒަމް އޮޕަރޭޓަރުންނާއި ސިއްހީ އޮފިޝަލުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑުން ވަނީ އެގައުމަށް އަންނަ ފަތުރުވެރިން ފުރަތަމަ 14 ދުވަހު ކަރަންޓީނު ވުމަށް ފަހު ތިން ދުވަސްތެރޭ ހަދާ ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން އެމީހަކު ހުރި ސަރަހައްދުން ބޭރުވެ އެގައުމުގައި ބޭނުންތަނެއްގައި އުޅެވޭނެކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ