ފޭކު ކޮވިޑް ވެކްސިންގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ބޮޑެތި ޕްރޮގްރާމްތަކެއް ފަށާފައިވާއިރު އޭގެން ނާޖާއިޒު ފައިދާ ހޯދުމަށްވެސް އެއްބަޔަކު ވަނީ މަސައްކަތް ފަށާފައެވެ.
ޗައިނާ އަދި އެފްރިކާގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ އެތައް ހާސް ޑޯޒްގެ ކޮވިޑް ވެކްސިން އަތުލައިގެންފައެވެ. އަދި ގިނަބަޔަކު ހައްޔަރު ކޮށްފައިވާކަމަށް ވެސް އިންޓަޕޯލް އިން ހާމަކޮށްފައިވެއެވެ.
ޗައިނާގައި ހިންގި އޮޕަރޭޝަންގައި އެގައުމުގެ ފުލުހުން ވަނީ ފެކްޓްރީ އަކުން 80 މީހުން ހައްޔަރު ކޮށްފައެވެ. އަދި 3000 އަށްވުރެން ގިނަ ފޭކް ކޮވިޑް ވެކްސިން އަތުލައިގަނެފައިވެއެވެ.
އެފްރިކާ ފުލުހުން ހިންގި އޮޕަރޭޝަންގައި ޗައިނާގެ ތިން މީހެއްގެ އިތުރުން ޒެމްބިއާ މީހަކު ވަނީ 2400 ޑޯސް ފޭކު ވެކްސިން އާ އެކު ހައްޔަރުކޮށްފައެވެ.
އިންޓަޕޯކް އިން ޗައިނާ އާއި އެފްރިކާ ގުޅިގެން ހިންގި އެއޮޕަރޭޝަންގެ އިތުރުން އިތުރު އެހެން ގައުމުތަކުންވެސް ފޭކު ވެކްސިން ހަދަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާކަމަށް އިންޓަޕޯލް އިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ