ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އަޅަން ޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް އެބަދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
މިހެން ބުނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ގޮތުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު