ކ. ތުލުސްދޫ އިން 2800 ޓަނުގެ ކުނި 14 ދުވަސްތެރޭގައި ނަގާ ސާފު ކޮށްފި އެވެ.

ވެމްކޯ އިން ބުނީ ރަށްރަށުން ކުނި ނައްތާލުމުގެ ޕްރޮޖެކްޓުގެ ދަށުން 14 ދުވަސް ތެރޭގައި 2800 ޓަނުގެ ކުނި ތުލުސްދޫން ނަގައި ސާފުކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުނިތައް ނަގައި ސާފުކޮށް ކުނި އަޅާނެ ސަރަހައްދު ކަނޑައަޅައި އެތަން ސާފު ކުރުން ހިމެނޭ ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.

ކުނި މެނޭޖްކޮށް ސާފު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ވެމްކޯއިން އަންނަނީ އަތޮޅުތެރޭގެ އެކި ރަށްރަށުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.