މަސްވެެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިޔަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން ސިފައިން އެހީތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޅ. އަތޮޅުގެ މެދުތެރެއިން 14 މީހުންނާއެކު މަސްވެރިކަން ކުރަމުން އައި "ހަޒާނާ" ދޯނީގެ ފަޅުވެރިޔަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާ ވެ އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:03ގައި ކަމަށްވެސް ބުންޏެވެ.
ސިއްހީ އެހީތެރިކަން ބޭނުންވަނީ އުމުރުން 30 އަހަރުގެ ދިވެއްްސަކަށް ކަމަށާއި އޭނާ ފިޓު ޖެހުނީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ފިޓް ޖެހުނު މީހާ ފަރުވާ އަށް މިހާރު ޅ. ނައިފަރަށް ވަނީ ގެންގޮސްފަ އެވެ.
މަސްވެރިކަމުގައި އުޅޭއިރު މިފަދަ ކުއްލި ސިއްހީ މައްސަލަތައް ދިމާވެ ހިތާމަވެރި ހާދިސާތައްވެސް ވަނީ ހިނގާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު