އޭއެފްސީ ކަޕްގެ ދެކުނު ޒޯން، ގްރޫޕް ޑީގެ ގްރޫޕް ސްޓޭޖު މެޗުތައް ބޭއްވުމަށް ރާއްޖެއިން ކުރި ބިޑް ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ކުރިއަށްދާނެ ކަން އޭއެފްސީން މިއަދު އާންމުކޮށްފައިވާއިރު، ހުރިހާ ގްރޫޕްތައް ކުޅޭނެ ގައުމުތައްވެސް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބަހްރައިންގެ މަނާމާގައެވެ. ގްރޫޕް ބީގެ މެޗުތައް ޖޯޑަންގެ އައްމާންގައި ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާއިރު، ގްރޫޕް ސީގެ މެޗުތައްވެސް ކުޅޭނީ ޖޯޑަންގައެވެ.
ގްރޫޕް ޑީގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމާފައިވާއިރު، ގްރޫޕް އީގެ މެޗުތައް ކުޅޭނީ ތަޖަކިސްތާނުގައެވެ. ގްރޫޕް އެފްގެ މެޗުތައް އުޒުބަކިސްތާނުގައި ކުޅުމަށް އޭއެފްސީން ނިންމާފައިވާއިރު، އާސިއާން ގައުމުތައް ހިމެނޭ ގްރޫޕް އައިއާއި އެޗްގެ މެޗުތައް ކުޅޭނީ ސިންގަޕޫރުގައެވެ. އަދި އެ ސަރަހައްދުގެ ޓީމުތައް ހިމެނޭ ގްރޫޕް ޖީގެ މެޗުތައް ކުޅޭނެ ތަނެއް އޭއެފްސީން އިއުލާން ކުރާނީ ފަހުންނެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭއެފްސީން ނިންމީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ދަތުރު ފަތުރަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުންނެވެ. އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ބާއްވަން ކުރި ބިޑް ރާއްޖެއިން ކާމިޔާބު ކޮށްފައި ވަނީ އިންޑިއާ ފަދަ ވަސީލަތްތައް ގިނަ ގައުމުތަކުންވެސް ބިޑް ކޮށްފައި ވަނިކޮށެވެ.
މިއަހަރުގެ ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދާއިރު، މެޗުތައް ކުޅޭނީ އެއް ބުރަށެވެ. މިހާރު ތާވަލު ކޮށްފައި އޮތް ގޮތުން ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގްރޫޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް އިތުރުން ޕްލިމިނަރީ ބުރުން ކޮލިފައިވާ ޓީމެކެވެ. ޕްލިމިނަރީ ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސްވެސް ވާދަކުރާނެއެވެ.
ކޮވިޑް 19 އާއި ގުޅިގެން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް އޭއެފްސީން ކެންސަލް ކުރީ ސެންޓްރަލައިޒްކޮށް ކުޅުމަށް ތައްޔާރުވެސް ވުމަށްފަހުއެވެ. އެފަހަރުވެސް ސެންޓްރްލައިޒްކޮށް މެޗުތައް ކުޅުމަށް ހަމަޖައްސާފައި އޮތީ ރާއްޖޭގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު