އައްޑޫ ސިޓީ ހުޅުމީދޫން އިތުރު ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ރަށުން ފުރަތަމަ ބަލި ފެނުނީ ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ. އެއީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ހުޅުމީދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރަށުން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ހުޅުމީދޫގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
- - ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
- - ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
- - އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
- - އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
- - އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވުން މަނާކުރުން
- - ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން
- - ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
- - ޔުނިވާސިޓީތަކާއި ކޮލެޖު، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
- - ހޮޓާ/ކެފޭ، ރެސްޓޯރަންޓުތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓާލުން
- - މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން
އައްޑޫ ސިޓީން މިހާތަނަށް ދެ ކްލަސްޓާއެއް ވަނީ ފެނިފަ އެވެ. ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުން ފެނުނު ކްލަސްޓާ އާއި ހިތަދޫން ފެނުނު ކުލަސްޓާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު