ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ސްރީ ލަންކާއަށް ފޮނުވާލައިފި އެވެ.
އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި އެރަށަށް ދަނޑިކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާއަކީ މިދިޔަ މަހު ލަންކާއިން މަހަށް ނުކުމެ އުޅެނިކޮށް ބެހުނު ދެ މީހުންގެ ތެރެއިން އެކަކެވެ.
އަނެކަކު ފެނިފައިވަނީ ވ. އަންބަރާ ކައިރިން ޑިންގީއެއްގައި އޮޔާ ދަނިކޮށެވެ. އޭނާ އަދިވެސް ހުރީ ރާއްޖޭގަ އެވެ. މި ދެ މީހުންނަކީ ވެސް ލަންކާގެ ރައްޔިތުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ "ވަން" އަށް ވިދާޅުވީ، ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައިި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު މިދިޔަ ހުކުރު ދުވަހު ލަންކާއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ޑިންގީން ފެނުނު މީހާގެ ވެސް ގައުމަށް ފޮނުވާލުމުގެ މަސައްކަތް އެގައުމުގެ ހައި ކޮމިޝަނާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ފަޅުރަށުގައި މަރުވެފައި އޮއްވައި ފެނުނު މީހާ މަރުވީ، ބެހިގެން އެތައް ދުވަހެއް ވަންދެން ކަނޑުމަތީގައި އުޅުމުން ހާލު ދެރަވެގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު