އެވިޑް ކޮލެޖުން ސިލްސިލާކޮށް ކުރިއަށް ގެންދާ ވެބިނާގެ، ހަވަނަ ބައްދަލުވުން އަންނަ މަހުގައި އޮންނާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ
މިދިޔަ އަހަރު އެވިޑްކޮލެޖުން ސިލްސިލާ ގޮތެއްގައި ފެށި މި ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. ނަމަވެސް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވެބިނާ ހާއްސަ ކޮށްފައިވަނީ އެ ކޮލެޖުގެ ދަރިވަރުންނަށެވެ.
އެވިޑް ކޮލެޖުން ބުނީ މިހާރު ކުރިއަށް ދާ ވެބިނާތަކުގެ ތެރެއިން، މި މަހު 25 ގައި ވާހަކަ ލިޔުމުގެ ރޮނގުން ހާއްސަ ވެބިނާއެއް ބާއްވާފައިވާ ކަމަށެވެ. ގަތަރު ޔުނިވަސިޓީގެ ގްރެޖުއޭޓެއް ކަމަށް ވާ އަންވަރް ނައީމް ހުށަހަޅައިދިން މި ވެބިނާގައި ގިނަ އަދަދަކަށް އާންމުން ބައިވެރި ވެފައިވާ ކަމަށް އެކޮލެޖުން ބުންޏެވެ.
ފޮތް ލިޔެ އަދި ޕަބްލިޝް ކުރުމުގެ ދާއިރާއިން ބޭއްވި މި ވެބިނާ ގައި، ދަރިވަރުންނަށް ހިޔާލީ ވާހަކަ ބިނާ ކުރުމަށް ދަސްކޮށްދީފައިވާ ކަމަށާއި މީގެ އިތުރުން އެކި ކެރެކްޓާ އަދި ސީންތައް ގެންނާނެ އުކުޅުތައ ދަސްކޮށްދީފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
މިފަދަ ވެބިނާ ސީރީސްތަކުން ދަރިވަރުންނަށް ތައުލީމީ ދާއިރާގެ ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިލާން ދަސްވެފައިވާ ކަމަށްވެސް އެ ކޮލެޖުން ބުނެ އެވެ.
އަންނަ މަހު 13 ވަނަ ދުވަހު ހަމައެކަނި އެވިޑް ކޮލެޖްގެ ދަރިވަރުންނަށް ހާއްސަ ވެބިނާއެއް އޮންނާނެ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ. މި ވެބިނާގައި އޭޕީއޭ ރިފަރެންސިން އަދި ރިސާޗަރުންގެ މެދުގައި މަގުބޫލު މެންޑެލޭ ސޮފްޓްވެއާ އިންސްޓޯލް ކުރާނެ ގޮތް އަދި ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށާއި މީގެ އިތުރުން، ރިސާޗް އާޓިކަލްސްގެ ލައިބްރަރީއެއް ގޮތުގައި މެންޑެލޭ ދަސްކޮދޭނެ ކަމަށް އެ ކޮލެޖުން ވަނީ ބުނެފަ އެވެ. އަދި މެންޑެލޭ ބޭނުންކޮށްގެން އިންޓެކްސްޓް (ހަވާލާދިނުން) އަދި ރެފަރެންސް ލިސްޓް މެންޑެލޭ ބޭނުންކޮށްގެން ލިޔަންވެސް ދަސްކޮށްދޭނެ ކަމަށްވެސް އެ ކޮލެޖުން ބުނެ އެވެ.
މި ވެބިނާ ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ އެވިޑް ކޮލެޖްގެ އެޑިއުކޭޝަން ފެކަލްޓީގެ އެގްޒެކެޓިވް ޑީން، ޑރ. މުހައްމަދު ސޯލިހް އަދި ސީނިއަރ ލެކްޗަރާ މަރިޔަމް ނިޔާފް އެވެ. މި ވެބިނަރ އަށް ރެޖިސްޓަރ ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަ ވަނަ ދުވަހެވެ.
އެވިޑް ކޮލެޖުން ބުނި ގޮތުގައި މިފަދަ ވެބިނާ ސީރީސްތަކުގެ ސަބަބުން ދަރިވަރުންނަށް ގިނަގުނަ ފައިދާތައް ކުރާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ އާންމުންގެ ތަރުހީބު މިކަމަށް ލިބެމުން އަންނަ ކަމަށެވެ. އަދި މިފަދަ އިތުރު ވެބިނާތައް ކުރިއަށް އޮތް މަސްތަކުގައި އޮންނާނެކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު