ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށުން ޑިޓޮކްސް ސެންޓަރެއްގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެންޑީއޭ އިން ބުނީ އެ އެޖެންސީގެ ބެލުމުގެ ދަށުން ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.

މަރުގެ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެެހޭ ކަންކަން ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.

ޑިޓޮކްސް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާތްވެ މުޖުތަމައަށް އަލުން ނިކުންނަށް ބޭނުންވާ ފަރާތްތަކަށް ކައުންސިލިން އާއި އެހެނިހެން ފަރުވާތައް ދިނުމަށް ގާއިމްކޮށްފައިވާ ސެންޓަރު ތަކެވެ.