ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ވަން" އަށް މައުލޫމަތު ދެއްވަމުން މިއަދު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށާއި ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ނައިބު ރައީސްގެ ހާލުކޮޅު ދެރަވީ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށާއި ނަމަވެސް އިތުރު އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
"ހަމަ އާދައިގެ ވައިރަލް ފީވާއެއް ކަމަށް ޑޮކްޓަރުން ވިދާޅުވީ. ހުރިހާ ޓެސްޓުތަކެއްވެސް ކުރެވުނު. ނަތީޖަ ނެގެޓިވް." އޭނާ ވިދާޅުވި އެވެ
ނައިބު ރައީސް އެޑްމިޓް ކުރީ ކޮވިޑް ޖެހިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް މަބްރޫކް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު