ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ އިރު، އެމްޓީސީސީން އަންނަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކުރަމުންނެވެ.
ދުވާފަރުގެ އިތުރުން އެހެން ގިނަ ރަށްރަށުގައި ވެސް އެމްޓީސީސީން އަންނަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު