ޚަބަރު

ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ހާލުކޮޅު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ވަން" އަށް ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ، ރޭގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޑްމިޓްކުރި ސަބަބު ސާފު ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެޑްމިޓްކޮށް މިހާރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ދެވޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ. އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށާއި ސްޓޭބަލް ކަމަށެވެ. އަދި އެޑްމިޓް ކޮށްފައިވަނީ ކޮވިޑް ޖެހިގެން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.