ހުޅުމާލޭގައި ޕިކަޕަކާއި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:05 ހާއިރު ހުޅުމާލޭ ނިރޮޅު މަގުގައެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ ނިރޮޅު މަގުން ދުއްވާފައި ދިޔަ ޕިކަޕެއް މަޑުކުރުމުން، ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ޕިކަޕުގެ ފަހަތުގައި ޖެހި، ޕިކަޕުގެ ކުރީގައި އޮތް އެހެން ކާރެއްގައި ޕިކަޕު ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިން މީހާއަށް ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި ތިން ވެހިކަލަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ އިރު، ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ފުލުހުން ބުނީ އެ ތިން ވެހިކަލްވެސް ދުއްވީ "އީ" ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.