މ. ކޮޅުފުށި އާންމު ހާލަތަށް ގެނެސްފިއެވެ.

ކޮޅުފުށި މޮނޮޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮޅުފުށީގައި މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން މިއަދު އެރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ، އެ ރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިމަހުގެ 11 ވަނަ ދުވަހު އެ ރަށުގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލައިފައެވެ.

ކޮޅުފުށިން މީގެ ކުރިން ޕޮޒިޓިވްވި 33 މީހުން މިހާރު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.