މ. ކޮޅުފުށި އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
މީގެ ކުރިން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައިސްފައި ވަނީ، އެ ރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންވެ. އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިމަހުގެ 11 ވަނަ ދުވަހު އެ ރަށުގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލައިފަ އެވެ.
އިއްޔެ އިން ފެށިގެން ކޮޅުފުށި މޮނޮޓަރިންގެ ހާލަތަށް ގެނައިސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ އިއްޔެ ލިބުނު އިރު، މީހަކު ޕޮޒިޓިވް ކަމަށް އެނގުމުންނެވެ. އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 64 މީހެއްގެ ސާމްޕަލް މިއަދު ވަނީ ނަގައިފަ އެވެ.
ކޮޅުފުށިން މީގެ ކުރިން ޕޮޒިޓިވްވި 33 މީހުން މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު