ދޫނިރޯގާ ޖެހިފައިހުރި މީހަކު ރަޝިއާއިން ފެނިއްޖެއެވެ.
ރަޝިޔާއިން ވަނީ ދޫނި ރޯގާގެ އޭއެޗް5އެން8ގެ ވައިރަސް ދޫނީގެ ޒަރިއްޔާއިން އިންސާނަކަށް ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި އިންސާނުންގެ ގައިން ދޫނިރޯގާގެ ފުރަތަމަ ކޭސް ފެނުމާއެކު އެކަން ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ އަށްވެސް ހިއްސާކޮށްފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.
ދާދި ފަހުން ދޫނި ރޯގާގެ ވައިރަސް ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިތުރުން ޗައިނާއާއި އަރަބި ބައެއް ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުން ވެސް ވަނީ ފެނިފައެވެ. ނަމަވެސް އެގައުމުތަކުން ވައިރަސް ފެނިފައިވަނީ ދޫނިތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަޝިޔާއިން އިންސާނެއްގެ ގައިން ދޫނިރޯގާ ފެނިފައިވީ ނަމަވެސް އަދި މިހާތަނަށް ވައިރަސް އިތުރު މީހަކަށް ޖެހިފައިވާކަން ހޯދިފައި ނުވާކަމަށް ވެސް ބުނެފައިވެެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަޝިޔާގެ ދޫނި ގެންގުޅޭ ގިނަ ފާމްތަކަކުން ދޫނި ރޯގާ ފެނިފައިވާއިރު އެގައުމުން ވަނީ ވައިރަސް ފެނުނު ފާމްތައް ބަންދުކޮށް އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ