ޗެނެލް 13 އިން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައި ވަނީ ގއ. ކޮލަމާފުށި، އަރާކުރި، އުމުރުން 51 އަހަރުގެ އަބްދުއްސަމަދެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންތަކަކަށް ނިސްބަތްކޮށް "އެ ފުލުހުންތައް ކޮށާލާނެ" ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައެވެ.

ފުލުހުން ބުނީ ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ، ބިރުދެއްކި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 51 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.