އައްޑޫ ސިޓީ ހުޅުމީދޫ ކްލަސްޓާއިން އިތުރު މީހަކު ޕޮޒިޓިވްވެ، އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.
ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.
އައްޑޫ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހުޅުމީދޫން މިއަދު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހުޅުމީދޫ ކްލަސްޓާއިން ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީންނެވެ. އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 52 އަށްވުރެ ގިނައެވެ.
ހުޅުމީދޫގެ އިތުރުން ހިތަދޫންވެސް ވަނީ ކްލަސްޓާއެއް އުފެދިފައެވެ. އެ ކްލަސްޓާއިން މިހާތަނަށް ވަނީ 42 މީހުން ޕޮޒިޓިވްވެފައެވެ.
މުޅި އައްޑޫ ސިޓީއަށް އަރައިފޭބުން މަނާކޮށްފައިވާ އިރު، އައްޑޫގައި ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު