ފަޅު ރަށެއްގެ ގޮތުގައި އޮންނަ ވ. ފޮއްތެޔޮ ބޮޑުފުށިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ބުނީ ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:02 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދިި ބިދޭސީއެއް ކަމަށް ބެލެވޭ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ދަނޑިކަނޑަން އެ ރަށަށް ގޮސް އުޅުނު ބަޔަކަށް ކަމަށެވެ.

ފުލުހުން ބުނީ، އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.