އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކަލިންއަށް އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ގެއްލިގެން ހޯދަމުން އަންނަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެ ރިސޯޓުން އެކަނި ސްނޯކްލިންއަށް ދިޔަ އަންހެން ފަތުރުވެރިއެކެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:58 ހާއިރު ކަމަށާއި ގެއްލުނު އިރު އެ ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށެވެ.
ކޯސްޓްގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ކަނޑުގެ ސާފޭސް ބެލުމަށް މިހާރު ޑައިވް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު