ހުޅުމާލޭ ފަޅުތެރެޔަށް ސީޕްލޭނެއް ވެއްޓިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާއިން މީގެ އިރުކޮޅެއް ކުރީން "ވަން" އަށް ވިދާޅުވީ މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވީކަން އެނގިފައި ނުވާ ކަމަށެވެ. ބޯޓު ވެއްޓުނު ސަރަހައްދުގައި އެމްއެންޑީއެފްގެ ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
މަންޓާ އެއާއިން ދާދި ދެންމެ ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނީ މި ހާދިސާ ހިނގީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށާއި ހާދިސާ ހިނގި އިރު ބޯޓުގައި 9 މީހުން ތިބި ކަމަށެވެ. އެއީ 6 ދަތުރުވެރީންނާއި 3 ފަޅުވެރީންނެވެ. ކޮމޮ މާލިފުށިން ހުޅުލޭ އެއާޕޯޓަށް އައުމަށް މި ބޯޓު ފުރީ މިއަދު ހެނދުނު 7:30 ގައި ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.
"ކުދިކުދި އަނިޔާވީ ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ސީރިއަސް އަނިޔާއެއް ނުވޭ. ހާދިސާއާ ގުޅިގެން ފަސިންޖަރުންނަށް ފަހިކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަމެއް އެއާލައިންގެ ފަރާތުން މި އަންނަނީ ފޯރުކޮށްދެމުން." މަންޓާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ދާދި ދެންމެ ބުނީ ދަތުރުވެރީންގެ ތެރެއިން އެކެއްގެ ކޮނޑުހުޅުނު ނައްޓައިގެން ގޮސްފައިވާ ކަމަށާއި އެހެން މީހަކު ކޮނޑަށް ތަދުވާތީ އުޅޭ ކަމަށެވެ. މި އެންމެންގެ ވެސް މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ބޯޓުގައި ތިބި މީހުންގެ ލަގެޖު ތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެގްފެ ޑައިވަރުން ޑައިވަރުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް ޓީމެއް ވެސް މި ހާދިސާއާ ގުޅިގެން އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު