އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކަލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ގެއްލިގެން ހޯދަމުން އަންނަނީ އެ ރިސޯޓުން އެކަނި ސްނޯކަލިންއަށް ދިޔަ އަންހެން ފަތުރުވެރިއެއް ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:58 ހާއިރު ކަމަށާއި ގެއްލުނު އިރު އެ އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ ނޮދާން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިހާރު އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.