ރާއްޖެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އަކީ ފުޓުބޯޅައިގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ބަތަލުން ކަމަށާއި އެފަދަ ހިދުމަތްތެރީންނާ ގުޅުވައިގެން މީސް މީޑިއާގައި ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅެދީފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.
ދަގަނޑޭއާއި އަކޫގެ ތުނބުޅިން ރަމްޒުކޮށްދެނީ ޖިހާދަށް ދާން ތައްޔާރުވެފައިވުންތޯއާއި، އެ ކުޅުންތެރިންގެ ޓީމު ބަލިވެއްޖެ ނަމަ ދަނޑު ގޮއްވާވެސް ލާނެ ކަމަށް ބުނެ ދިވެހި ރައްޔިތަކު، ޓުވިޓާގައި ކިޔާފައިވާ ފާޑާއެކު އެ ޓުވީޓު ވަނީ ހޫނުފެނުގައެވެ. އެ މައްސަލައިގައި ގިނަ ބަޔަކު އަކޫއާއި ދަގަނޑޭގެ ދީފައުގައި ވާހަކަ ދައްކާފައިވާ އިރު، ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްވެސް ވަނީ ދަގަނޑޭއާއި އަކޫގެ ދިފާއުގައި ނުކުމެފައެވެ.
އޭގެ އިތުރުން އެފްއޭއެމުންވެސް އެ ޓުވީޓު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައިވާއިރު، ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދާފައިވާ ކުރީގެ ގޯލްކީޕަރު އިންމަ ބުނެފައިވަނީ ގައުމީ ހިދުމަތްތެރީންނާ ދިމާކޮށް، ފުރައްސާރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތައް މީސް މީޑިއާ އަދި އެނޫން އެހެން ތަންތާނގައި ލިޔެ، ޝާއިއުކޮށް އަދި އެފަދަ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އިންމަ ބުނެފައިވެއެވެ.
ދަގަނޑޭއާއި އަކޫގެ ތުނބުޅިއަށް ފާޑުކިޔައި، އެ ކުޅުންތެރިންނަކީ ނިރުބަވެރިންގެ ގޮތުގައި ސިފަކޮށްފައިވާ ޓުވީޓާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަމުންދާ އިރު، އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ކުޅުންތެރިންނާ މެދު އެފަދަ ނާތަހުޒީބު އިލްޒާމުތައް އަޅުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން ގިނަ ބަޔަކު ވަނީ އެދިފައެވެ.
ކީޕަރު އިމްރާން މުހައްމަދު
ކީޕަރު އިމްރާން މުހައްމަދު
ކީޕަރު އިމްރާން މުހައްމަދު
ކީޕަރު އިމްރާން މުހައްމަދު