އެންމެ ފަހުގެ މައުލޫމާތާއި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުދިނުމަށް، އެޗްޕީއޭ އިން "ޓިކްޓޮކް" އެކައުންޓެއް ހުޅުވައިފި އެވެ.
ޓިކްޓޮކަކީ މިހާރު މުޅި ދުނިޔޭގައިވެސް މުނިފޫހިފިލުވުމަށްޓަކައި އެތައް ބަޔަކު ބޭނުންކުރަމުން އަންނަ މަޝްހޫރު ޕްލެޓްފޯމެކެވެ.
ޓިކްޓޮކް އެކައުންޓުގައި އެޗްޕީއޭ އިން ހިއްސާ ކުރާނީ ކޮވިޑާ ގުޅޭ އެކިއެކި މައުލޫމާތު ހިމެނޭ ވީޑިއޯތަކާއި އެނޫންވެސް އެކިއެކި ބަލިތަކާ ގުޅޭ މައުލޫމާތާއި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ވީޑިއޯ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން އެޗްޕީއޭ އިން ޓިކްޓޮކް އެކައުންޓް ބޭނުންކުރަމުން އަންނަ އިރު، މިހާތަނަށް އެ އެކައުންޓުގައި އާންމުކޮށްފައިވަނީ އެންމެ ވީޑިއޯއެކެވެ. އަދި މިހާތަނަށް މި އެކައުންޓް ފޮލޯކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ޔުނިސެފުން އެކަންޏެވެ.
އެޗްޕީއޭ އިން ޓިކްޓޮކް ބޭނުންކުރަން ފަށާފައިވާ އިރު، މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް އަންނަނީ ޓިކްޓޮކް ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު