އައްޑޫ ސިޓީ ހިތަދޫގައި މިއަދު އެކްސިޑެންޓެއްވެ، ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު 11:30 ހާއިރު ރިޕޯޓްކުރި އެ ހާދިސާ ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިނީ ބަންގުލަދޭޝް މީހެއް ކަމަށާއި އަނެއް ސައިކަލުގައި ތިބީ ދެ ދިވެހިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓުގައި ތިން މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ބުނީ، ދެ ސައިކަލު ދުއްވަން އިނީވެސް ލައިސަންސް ނެތް ދެ މީހުން ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.