ފަތުރުވެރިއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިގެން ކެބިން ކްރޫއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ބ އަތޮޅުގައި ހިންގާ ރިސޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް އެ ފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކުރޫއެއްގެ އަތުން ފެނިފައިވާ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 21 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު