މ. ކޮޅުފުށި އާންމު ހާލަތަށް ގެނެސްފި އެވެ.
ކޮޅުފުށި މޮނިޓަރިން އަށް ލާފައިވަނީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ 19 ދުވަސް ފަހުން ކޮޅުފުށި އާންމު ހާލަތަށް ގެނެސްފައިވަނީ އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ހުރިހާ ސާމްޕަލްއެއް ނެގެޓިވް ވުމުން ކަަމަށެވެ.
އަދި ތިން ފަހަރެއްގެ މަތިން އެރަށުން ރެންޑަމްކޮށް ސާމްޕަލް ނެގި ކަމަށާއި އެ ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވުމުން ރަށުގައި މިހާރު ކޮވިޑު ފެތުރެމުންނުދާކަން ޔަގީންވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ކޮޅުފުށިން 33 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. ނަމަވެސް މިހާރު އެންމެން ބަލިން ރަނގަޅުވެއްޖެ ކަމަށް މައުލޫމާތު ލިބެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު