ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖލީހުގެ ތެރެއިން ހޮވުމަށް ކުރިމަތިލާނީ ބަޣާވާތުގެ އަމަލުތައް ފުލުހުންގެ ތެރޭގައި ހިންގި މީހުންނަށް ފިޔަވަޅު އެޅޭނެ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، އަލަށް އެކުލަވާލައި އަމަލު ކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން އައްޔަން ކުރަން ޖެހޭ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާތައް ހޫނުވެ ރައްޔިތުންގެ ގިނަ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ އިސްތިއުފާއަށް ގޮވައި ޕްރެޝަރުތައް ކުރިމަތި ކުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާދެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ. ނަމަވެސް އެ ހާދިސާ ރައީސް ނަޝީދު ފާހަގަކުރައްވަނީ، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ގެނައި ބަޣާވާތެއްގެ ގޮތުގައެވެ.
އެ ހާދިސާއަށް މިއަދަށް ނުވަ އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުން ޖަޒުބާތުގައި ކަމަށް ވިދާޅުވެ، އެ ދުވަހު ނުކުންނަވައި، ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ވަރަށް ބޮޑެތި އަނިޔާ ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާއަށް ނުވަ އަހަރު ވެގެންދިޔައިރު، އެ އަނިޔާގައި ގެއްލުން ލިބުނު އެތައް ބޭފުޅުންނެއް މިހާރު ތިއްބެވީ ދައުލަތުގެ މަތީ މަގާމުތަކުގައާއި ވުޒާރާތައް ހިންގެވުމަށް އަދި ގާނޫނު ހަދާ މަޖިލިސްތަކުގައި ކަމަށް ވިދާޅުވި އެވެ.
"މި މަޖިލީހުން ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައީ މިދެންނެވި ސަބަބަށްޓަކައި، މި މަޖިލީހުގެ އަގުލަބިއްޔަތު ރީނދޫ ކުލައިން ރައްޔިތުން އުފެއްދީ، އެ ބަދަލު މި ދިވެހި ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުން އެދޭ ކަމުން، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ހިތްހަމަޖެހުމެއް، މި މަސައްކަތުގެ އެންމެފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް އަޅުގަނޑުމެން އައިސް ހުއްޓޭކަން އެއީ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް