ޔޫކޭ ގައި 12 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފިއެވެ.
ޔޫކޭގެ ވެކްސިން ދޭން ޖެހޭ އާބާދީގެ އެންމެ އިސްކަންދިނުމަށް ހަމަޖެހިފައިވާ 15 މިލިއަން މީހުންނަށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ވެކްސިން ދިނުމަށް ޔޫކޭ އިން ވަނީ އަޒުމު ކަނޑައަޅާފައެވެ.
ވެކްސިން ދިނުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާއިރު އެގައުމުން މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ފަސް ލައްކަ އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ.
ޔޫކޭއިން ކޮވިޑްގެ އާ ވޭރިއަންޓް ފެންނަން ފެށިފަހުން އެގައުމުގެ ކޭސްތައް ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެގައުމުން ކޮވިޑްގެ 15،845 ކޭސް ފެނިފައިވެއެވެ.
ޔޫކޭއިން މިހާތަނަށް ޖުމުލަ 3.93 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު އެގައުމުން މިހާތަނަށް 112،000 އަށް ވުރެން ގިނަ މީހުން ބަލި ޖެހިގެން މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ