ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު، ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ. އަދި މިއީ ގުދުރަތީ މަރެއް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާގެ މަރާ ގުޅިގެން ތައުޒިޔާ ވިދާޅުވެ މަޖިލިސް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ހަނދުވަރު ހަސަން މަނިކު ނިޔާވުމުގެ ހިތާމައިގައި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
"މާތް ﷲ އެ މަރްހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި، އާމީން،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި 50 ވަރަކަށް އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ހަސަން މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް