އިއްޔެ ފަތިހުގެ ވަގުތެއްގައި، އައިޖީއެމްއެޗަށް މަރުވެފައި އޮތް ބިދޭސީއަކު ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ 20 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 11:00 ހާއިރު ކަމަށެވެ.
އެ މީހާގެ މަރާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށްވެސް ފުލުުހުން ބުންޏެވެ. ނަމަވެސް އެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު