އައްޑޫ ސިޓީ ހުޅުމީދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ.
ހުޅުމީދޫ އެމްޓީސީސީ ސައިޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.
އެޗްޕީއޭގެ ކޮވިޑް ޑޭޝްބޯޑުން ދައްކާ ގޮތުގައި އެ ކްލަސްޓާއިން އިއްޔެވެސް އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއަދުވެސް އެ ކްލަސްޓާއިން ދިހަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޑޭޝްބޯޑުން ދައްކައެވެ.
އެ ކްލަސްޓާއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ބަންގުލަދޭޝްގެ 11 މީހަކާއި އިންޑިއާގެ ދިހަ މީހަކާއި ސްރީލަންކާގެ މީހެކެވެ.
ހުޅުމީދޫން ބަޔަކު ޕޮޒިޓިވްވުމާއެކު އެރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު