ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ކުޅުދުފުށި ސިޓީގެ ކުނިގޮނޑުގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއިން ތައްޔާރުވެފައިވާ އިރު، 20 ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ހުރި ކުނިތައް ނަގައި ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ކުޅުދުއްފުށީ ކުނިކޮށި ސާފުކުރުމަށް ބޭނުންވާ މުވައްޒަފުންނާއި ވެހިކަލް މާދަމާގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ، އެ މަސައްކަތުގެ ދަށުން 92،000 ޓަނުގެ ކުނި ނަގައި ސާފު ކުރަން ޖެހޭ ކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ ކުނީގެ މައްސަލައަށް ހައްލު ގެނައުމަށް އެ ސިޓީގެ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން މާދަމާ ފަށާ އިރު، އެ މަސައްކަތް ނިންމައިލެވޭނެ ތާރީހެއް ވެމްކޯއިން ބުނެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު