ގދ. ތިނަދޫގެ މޮނީޓަރިން އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހާއްސަ ހުއްދައިގެ ދަށުން މާލެއިން ދިޔަ ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިދިޔަ ބުދަ ދުވަހުއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ބަލަން ޖެހޭ ކަންކަން ބަލައި، މޮނީޓަރިންގެ ހާލަތު ތިނަދޫގައި އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވީ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެކެވެ. އެމީހުން މާލެ އައިސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެމީހުން ޕޮޒިޓިވްކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު