މިއަހަރު މެއި އަދި ޖޫން މަހު ބާއްވާ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަމަށް ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއާސަން އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މޭ/ޖޫން ގައި އޭ.އެސް/އޭ ލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް މިމަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެއެވެ.
މޭ/ޖޫންގެ އޭ ލެވެލް އިމްތިހާނު ނުބާއްވަން ނިންމި ނަމަވެސް މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އޭއެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށްވެސް ޕިއާސަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށްގެންދާ އޭއެސް/އޭ ލެވެލްގެ އެޕްލިކޭޝަން މަރުހަލާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މީގެ އިތުރުން އެޑިއުކޭޝަނުން ބުނީ، އޭ.އެސް/އޭ ލެވެލް އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް އަންގާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު