ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު މަޖިލިހުގެ އިދާރާއަށް ވަދެ ވަޑައިގެންނެވުމުން އޮނާ ގާޑު އަރުވަން ގިނަ އަންހެން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.
މިއީ ދިވެހި ތާރީހުގައިވެސް އެންމެ ގިނަ އަންހެން ސިފައިން ހަރަކާތްތެރިވި އޮނާ ގާޑެވެ. މި އޮނާގާޑުގައި 17 އަންހެން ސިފައިން ވަނީ ބައިވެރިވެފަ އެވެ.
ޑިފެންސް މިނިސްޓަރު ކަމާ މާރިޔާ އަހުމަދު ދީދީ ހަވާލުވެވަޑައިގަތީއްސުރެ ސިފައިން ބައިވެރިވާ ހަރަކާތްތަކުގައި ގިނަ އަންހެން ސިފައިންނަކަށް ފުރުސަތު ފަހިކޮށް އެ ހަރަކާތްތަކުގައި ބައިވެރިވާ އަންހެން ސިފައިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ހަރަކާތެއްގައި އެމަނިކުފާނުގެ ކާރުކޮޅުގެ ކުރީގައި މޮޓޯ ކޭޑުގައި ވަޑައިގަންނަވާ ސިފައިންގެ ތެރޭގައި ސިފައިންގެ ކަނބަލެއް ވަނީ ހަރަކާތްތެރިވެފަ އެވެ. މީގެ އިތުރުންވެސް ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ދާދިފަހުން ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން މޭޖާ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް އަންހެން ސިފައިން ވަނީ ޕްރޮމޯޓްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު