އެމްޓީސީސީން މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ފެރީގެ ހިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ.
މާލޭ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ހަރުކަށިކުރުމާ ގުޅިގެން އެމްޓީސީސީން މިއަދު ވަނީ ފެރީގެ ތާވަލަށް ބަދަލު ގެނެސް ބަދަލު ގެނެވުނު ޝެޑިއުލް އާންމުކޮށްފައެވެ.
ޝެޑިއުލްގައިވާ ގޮތުން ރަސްމީ ދުވަސްތަކުގައި މާލެއިން ހުޅުމާލެއަށް އެންމެ ފަހު ފެރީ އޮންނާނީ ރޭގަނޑު 10:30 ގައެވެ. ހުޅުމާލެއިން މާލެއަށް އެންމެ ފަހު ފެރީ އޮންނާނީ ރޭގަނޑު 10:00 ގައެވެ. ހުކުރު ދުވަސްތަކާއި އެހެނިހެން ބަންދު ދުވަސްތަކުގައި ދުވަހު އެންމެ ފަހު ފެރީ އޮންނާނީ ރޭގަނޑު 10:00 ގައެވެ.
މީގެ ކުރިން ހުކުރު ދުވަހު މާލެއާއި ހުޅުމާލެއާ ދެމެދު އެންމެ ފަހު ފެރީ ބާއްވަނީ ރޭގަނޑު 11:00 ގައެވެ. ރަސްމީ ދުވަސްތަކުގައި ވެސް ފަހު ފެރީ ބާއްވަނީ ރޭގަނޑު 11:00 ގައެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މާލޭ ސަރަހައްދު ރެއިން ފެށިގެންދަނީ ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ކާފިއު ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު