ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ މިއީ އިންޑިއާގެ އެއާ ޗީފް މާޝަލް، ރަކޭޝް ކުމާރު ސިންގް ބަދައުރިއާގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ "އޭރޯ އިންޑިއާ 2021 – އިންޑިއަން އޯޝަން ރީޖަން މެރިޓައިމް ސެމިނާ"ގެ ޕެނަލިސްޓެއްގެ ގޮތުގައި ޝަމާލު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދައުވަތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.
މިއީ އިންޑިއާގެ ބެންގަލޫރުގައި މިއަދުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "އޭރޯ އިންޑިޔާ 2021 ޑިފެންސް އެއާޝޯ އެންޑް ޑިފެންްސް އެގްޒިބިޝަން" އާއި މާދަމާ ބާއްވާ "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓާސް ކޮންކްލޭވް" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު