ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކާއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލުން މިރޭ ބުނީ، އެކުންފުނީގެ ބައެއް މުވައްޒަފުން ޓީމުތަކަށް ބަހާލައި ޝިފްޓްތަކަށް އޮފީހަށް ނުކުންނަ ގޮތަށް މިހާރު ހަަމަޖައްސާފައިވާ ކަމަށެވެ. އަދި ބައެއް މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށްވެސް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ، އެ ބަދަލުތަކާއެކު އެ ބޭންކުގެ ބައެއް ހިދުމަތްތައް ލަސްވެދާނެ ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

  • އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އެކައުންޓް ހުޅުވުން
  • ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން
  • ލޯކަލް ބޭންކް ޓްރާންސްފާ (އޭސީއެޗް، އާރްޓީޖީއެސް، އެމްއާރްޓީޖީއެސް)
  • ކާޑު ޕްރޮސެސް ކުރުން
  • ޗެކް ޕްރޮސެސް ކުރުން
  • ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)
  • ރަށްރަށުގައި ބަހައްޓާފައިވާ އޭޓީއެމް ސާވިސް ކުރުމުގެ މަސައްކަތް
  • ކަސްޓަމަރުންނަށް މައުލޫމާތު ދިނުމާއި ޖަވާބު ދިނުން

ބޭންކުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނައިރު ކަސްޓަމަރުން ދޭ އެއްބާރުލުމަށް އެ ބޭންކުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ގޭގައި ތިބެގެން ޑިޖިޓަލް ބޭންކިން އާއި ސެލްފް ސާވިސް ޗެނަލްތައް މެދުވެރިކޮށް އޮންލައިންކޮށް ހިދުމަތް ހޯދުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.