ލަންކާގައި ހަތަރު ދުވަސްތެރޭ 95،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ.
އިންޑިއާގައި އުފައްދާފައިވާ އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިން އެސްޓްރާޒެނެކާ ވެކްސިން ލިބުމާއެކު މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ވެކްސިން ދޭން ފަށައިފައެވެ.
ލަންކާގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ އެގައުމުގައި ފަށާފައިވާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 95،550 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަން ހާމަކޮށްފައެވެ.
ލަންކާގައި ވެކްސިން ދިން މީހުންގެ ތެރޭގައި ސިއްހީ އެހީތެރިންގެ ތެރެއިން މިހާތަނަށް 36،396 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެގައުމުން ހާމަކޮށްފައިވެއެވެ.
ލަންކާގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު، އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ބަލި ޖެހިގެން ހަތް މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން 64،157 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ރެކޯޑްކޮށްފައިވާ އިރު، 316 މީހުން ބަލި ޖެހިގެން މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ