މ. ކޮޅުފުށީގައި ކަރަންޓީނާ ހިލާފުވި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޮޅުފުށީގައި ކަރަންޓީނުގައި ހުރި 36 އަހަރުގެ ދިވެހި ފިރިހެނަކު ކަރަންޓީންގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ނަސޭހަތްތެރިވެ، ހަތަރު ފަހަރަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހުވެސް ކަރަންޓީންގެ އުސޫލާ ހިލާފުވަމުންދާތީ އޭނާ ރޭ 8:15 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ތަހުގީގުކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ސާމްޕަލް ދޭން ތަކުރާރުކޮށް އެދުމުންވެސް އިންކާރުކޮށްފައިވާތީ، މަދަނީ ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އެރަށުން މިއަދުވެސް ހަތް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެރަށުން ޖުމްލަ 33 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު