ގައުމީ ޔުނިވާސިޓީގެ ފެކަލަޓީ އޮފް ޝަރީއާ އެންޑް ލޯގެ އެޑްވައިޒަރީ ކޮމިޓީއަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން އެ ކޮމިޝަންގެ މެންބަރު އަދި ސުޕްރީމް ކޯޓިގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އައްޔަން ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރު އާއިޝާ ޝުޖޫން އެޑްވައިޒަރީ ކޮމިޓީއަށް އައްޔަން ކުރެއްވީ، އެ ކޮމިޓީއަށް ޖޭއެސްސީގެ ފަރާތުން ބޭފުޅަކު ހަމަޖައްސައިދެއްވުމަށް އެ ފެކަލްޓީން އެދިފައިވާތީ ކަމަށެވެ.

އެ ކޮމިޓީއަށް ފަނޑިޔާރު އައީޝާ ޝުޖޫން އައްޔަން ކުރެއްވީ، ކޮމިޓީގެ މެންބަރުންނަށް ފެކަލްޓީން އިނާޔަތެއް ދިން ނަމަވެސް، އުޖޫރައެއް ނެތި މަސައްކަތްކުރަން ޖެހޭ ގޮތަށް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.