ތޫނު ހަތިޔާރާއެކު މާލޭގެ ދެ ސަރަހައްދެގައި މިރޭ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ މިރޭ 9:15 ހާއިރު އާސާރީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެ މާރާމާރީގައި 36 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެމީހާގެ ކަރަށެވެ.
މީގެ އިތުރުން ސަލްމާން މިސްކިތް ކައިރީގައިވެސް މިރޭ ވަނީ މާރާމާރީ ހިންގައިފައެވެ. ފުލުހުން ބުނީ މިރޭ 7:35 ހާއިރު، ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ކުޑަހެންވޭރު ދަނޑުކައިރީގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސަފުކުރަމުންދާ ކަމަށް ބުންޏެވެ.
ކުޑަހެންވޭރު ދަނޑުކައިރީ ހިންގި މާރާމާރީގައި ފުލުހުން ވަނީ އެ ސަރަހައްދުން ދެ ވަޅި ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު