ހެލްތު މިނިސްޓްރީގެ އިވެންޓްތަކާއި ބައެއް މައުލޫމާތު ދިނުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދޭތީ މީޑިއާތަކުގެ ބެލެނެވެރިކަން އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކޮށްފިއެވެ.
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އިސްކޮށް ހުންނަވައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމްގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިންތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީޑިއާތަކާ ތަފާތުކުރުން ހެލްތު މިނިސްޓްރީން ގެންގުޅޭކަމުގެ ޝަކުވާ ބައެއް މީޑިއާތަކުން މިފަހުން ވަނީ މީޑިއާ ކައުންސިލަށް ހުށަހަޅައިފައެވެ.
މީޑިއާ ކައުންސިލުން މީގެ ކުރިން ބުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިނިސްޓަރުކަމުގައި ހުންނެވި އިރު މި ޝަކުވާތައް އައި ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުމަށްފަހު މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ އުއްމީދު ކުރާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މީޑިއާތަކަށް މައުލޫމާތު ހޯދުމަށް ދިމާވާ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ދެއްވާފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު