ށ. ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،150 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ބިލެއްފަހި ބަނދަރުގެ މަޝްރޫއުގެ އިތުރުން އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު