ރ. އުނގޫފާރު ސްކޫލުގައި ދަރިވަރުން ކުޅެން އޮންނަ ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށެވެ.

އުނގޫފާރު ސްކޫލުގެ ދަރިވަރުން ކުޅެން އޮންނަ 95 ފޫޓު 55 ފޫޓުގެ ސަރަހައްދެއް ލެވެލްކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އަދި އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންވެސް ރަށްރަށުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.